Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

ދައުލަތުން ދަޢުވާކުރާ މަކަރާ ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ޖެހޭ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދަން އިއުލާންކުރީ ފުވައްމުލައް، ހޯދަޑު، އިނަފް، މުހައްމަދު ނާޒިމް ނަސީމް، 45، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަނީ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުވެފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ. އެގޮތުން މާދަމާ މެންދުރު ފަހު 1:00 އަށް ނާޒިމު ހާޒިރުކޮށްދޭން ފުލުހުންނަށް އަންގާފައިވެ އެވެ.

އެހެންވެ އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރަން ފުލުހުން އެދިފައިވެ އެވެ.