Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

މާލޭގައި ފެން ބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް ފަށައިފި

ވާރޭވެހި މާލޭގައި ފެން ބޮޑުގެ ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މަޖީދީމަގު ޖެލީ ޕިއްޒާ ކައިރި، އައިޖީއެމްއެޗް ކައިރި، ވެސްޓް ޕާކް ސަރަހައްދުގެ އިތުރުން ދިރާގު ކައިރިން، ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ކުރަމުން ގެންދާ ކަމަށެވެ.

ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހެމުންދެއެވެ.

މީގެއިތުރުން ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ އޮރެންޖް އަދި ޔެލޯ އެލާޓްތައްވެސް ނެރެމުންނެވެ. އަދި ވިލާގަނޑުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދީފައިވެއެވެ.