Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ހިޔާ ފްލެޓެއްގެ ކުޑަދޮރުން ކުއްޖަކު ފައިބާ ވީޑިއޯއެއް

ހިޔާ ފްލެޓެއްގެ ކުޑަދޮރުން ސިޑިގޮޅިއަށް ކުޑަކުއްޖަކު ފައިބާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެއްޖެއެވެ.

ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ކުޑަ ކުއްޖަކު ހިޔާ ފްލެޓެއްގެ ކުޑަދޮރުން ބޭރަށް ނުކުމެ، ބޭރަށްވާގޮތަށްއިން ޝީޓުމަތިން ސިޑިގޮޅިއަށް ފައިބާ މަންޒަރެވެ. ވީޑިއޯއިން ފެންނަ ގޮތުން، އެކުއްޖާ ފޭބުމަށް މަސައްކަތް ކުރީ ފުރަތަމަ ފަންގިފިލާގެ ކުޑަދޮރަކުންނެވެ.

މަންޒަރު ފެންނަގޮތުން އެކުއްޖާ ކުޑަދޮރުން ފޭބުމަށް މަސައްކަތްކުރި ވަގުތަކީ ބާރަށް ވައިޖެހެމުންދިޔަ ވަގުތެކެވެ.

މި ވީޑިއޯއާ ގުޅިގެން ގިނަ ބަޔަކު ގެންދަނީ ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.