Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

މާވަށަށް އިއްޔެ 95.4 މިލިމީޓަރުގެ ވާރޭ ވެހުނު

ފޮޓޯ: އައްޑޫލައިވް

އިއްޔެ ކުރި ވިއްސާރައިގައި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ލ. މާވަށަށް ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ މޭ 24 ވަނަ ދުވަހު 08:00 އިން މޭ 25 ގެ 08:00 އާ ހަމައަށް ލ. މާވަށަށް 95.4 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށެވެ. އަދި ލ. ކައްދާއަށް 84.3 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާއިރު އެކި ހިސާބުތަކަށް އަންނަނީ މޫސުމީ އެލާޓްތައް ނެރެމުންނެވެ. އަދި ކަމާބެހޭ ފަރާތްތަކުން ވަނީ ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް އިލްތިމާސް ކޮށްފައެވެ.