Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ތުލުސްދުއަށް ކުއްތާއެއް އެރުވުމުން ބޭރުކޮށްފި

ކ. ތުލުސްދޫ--

ފަތުރުވެރިއަކު ކ. ތުލުސްދޫއަށް ކުއްތާއެއް އެރުވުމުން ފުލުހުން މެދުވެރިކޮށް އެ ކުއްތާ ބާލައިފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ކ. ހިންމަފުށީ ބޭރުގައި އޮތް ޔޮޓެއްގައި ފަތުރުވެރިންތަކެއް ގެންގުޅުނު ކުއްތާއެއް ތުލުސްދޫއަށް ބޭލިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެކުއްތާ މިހާރު އަނބުރާ ޔޮޓަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނެފައިވަނި މި ކުއްތާއަކީ ހުއްދަ ލިބިގެން ރާއްޖެއަށް އެތެރެކޮށްފައިވާ ކުއްތާއެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.