Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ހަ ބައި-އިލެކްޝަނެއްގެ ޓިކެޓަށް އެމްޑީޕީން ހުޅުވާލައިފި

6 ކައުންސިލެއްގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުވުމާއި ގުޅިގެން ހުސްވެފައިވާ ކައުންސިލްތަކުގެގެ މަގާމުތަކަށް އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ، އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެންބަރުން ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާކަމަށެވެ.

އެގޮތުން އެމްޑީޕީން ފުރުސަތު ހުޅުވާލާފައިވަނީ ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު، ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެމްބަރު، މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލް މެންބަރު، ކުޅުދުއްފުށި އުތުރު ކައުންސިލް މެންބަރު، ޅ. އަތޮޅު ކައުންސިލް ރައީސް އަދި ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު ކަމަށެވެ.

އެމްޑީޕީން ވަނީ، މި ބައި-އިލެކްޝަންތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 ޖޫން 2024 ގެ 14:00 ކުރިން އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމު އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމް އެއިދާރާއިން ސާފުކުރުމަށްފަހު ހުށައެޅުއްވުމަށް އެދިފައެވެ.