Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

15 އަތޮޅެއްގައި ޕަބްލިކް ވޯކްސްގެ ހިދުމަތް ގާއިމުކުރަނީ

މިނިސްޓަރު އާދަމް ޝަރީފް އުމަރު- ފޮޓޯ: ލޯކަލް ގަވަމަންޓް މިނިސްޓްރީ

15 އަތޮޅުގައި ޕަބްލިކް ވޯކްސްގެ ހިދުމަތް ގާއިމުކުރުމަށް ބަޖެޓްގައި ހިމަނުއްވާނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިދާރީ ދާއިރާތަކުގައި އާންމު މަސައްކަތްތައް ހަރުދަނާ ކުރުމުގެ ބައްދުވުން ފައްޓަވައިދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ޒިޔާރަތްކުރި ގިނަ ޕަބްލިކް ވޯކް ސައިޓުތަކުގައި މުވައްޒަފުންނަށް މަސައްކަތް ކުރުމަށް ރަނގަޅު މާހައުލެއް ނެތްކަމަށެވެ. އަދި ޒަރޫރީ ކަންތައްތަކަށް ބޭނުންވާނެ ވަސީލަތްތައް ވެސް ނެތް ކަމަށާއި ހިންގުމުގެ ނިޒާމުގައި ވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މުޅި ރާއްޖެއަށް ޕަބްލިކް ވޯކްސްގެ ހިދުމަތް ފުޅާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.

އެގޮތުން އިތުރު 15 އަތޮޅެއްގައި ޕަބްލިކް ވޯކްސްގެ ހިދުމަތް ގާއިމު ކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވާނެ ކަމަށް ވިދާޅުވިއެވެ. މި މަސައްކަތް ތަރުތީބު ކުރެވިގެންދާނީ ލާމާރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކާ އެކުގައިކަމަށްވެސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.