Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

އެމްޓީސީސީގެ ހާއްސަ އާންމު ޖަލްސާ ޖޫން 11 ގައި

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ ހާއްސަ އާންމު ޖަލްސާ ޖޫން 11 ގައި ބޭއްވުމަށް ނިންމައިފިއެވެ.

އެމްޓިސީސީގެ ޑިރެކްޓަރުންގެ ބޯޑުން މިއަހަރުގެ ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ފާސްކޮށްފައިވާއިރު އެމްޓީސީސީން ބުނެފައިވަނީ ހާއްސަ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 11 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 ގައި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ ވެބް އެޕްލިކޭޝަން ފަހިވޯޓް މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ.

އެމްޓީސީސީން ބުނެފައިވަނީ، މި ޖަލްސާގައި ބައިވެރިވެވޭނީ 2024 މޭ 23 ވަނަ ދުވަހުގެ ނިޔަލަށް އެމްޓީސީސީގެ ހިއްސާދާރުންގެ ދަފުތަކުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

މި ޖަލްސާގައި އެމްޓިސީސީގެ އަސާސީ އަދި ހިންގާ ގަވައިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރަން ހުށަހެޅުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެއެވެ.

އެމްޓިސީސީން ބުނެފައިވަނީ ހާއްސަ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ހިއްސާދާރުން ޖޫން 9 ގެ 16:00 ގެ ކުރިން ރަޖިސްޓްރީ ކުރައްވަންވާނެ ކަމަށެވެ.