Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ސީއެސްސީގެ މެންބަރަކަށް ޙަބީބާ އައްޔަންކޮށްފި

ފޮޓޯ: ރައީސް އޮފީސް

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު އްއްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަސްގެންދިޔަ ރަސްމިއްޔާތުގައި ސިއެސްސީގެ މެންބަރުކަމަށް އައްޔަނު ކުރައްވާފައިވަނީ ދަފްތަރު. ނަންބަރު ރސ 9472، ފާތިމަތު ޙަބީބާއެވެ.

މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑރ. މުހައްމަދު އިބްރާހީމެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ޑރ. މުހައްމަދު މުއިއްޒު މި ރަސްމިއްޔާތުގައި ފާތިމަތު ޙަބީބާއަށް ވަނީ އަރުވާފައެވެ.