Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 09 ޖޫން 2024 ވާ އާދީއްތަ ދުވަހުން ފެށިގެން 30 ޖޫން 2024 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 އާ ހަމައަށެވެ.

އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދެ ކެޓަގަރީއަކުންނެވެ. އެއީ ނޫސްމަޖައްލާ ކެޓަގަރީ އަދި އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީއިންނެވެ. އަދި 18 ދާއިރާއަކުން އިނާމު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ނާމަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ވެސް ވަނީ އާންމު ކޮށްފައެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު، އެމްއެމްސީގެ 3003995 ނުވަތަ 7967919 ނަންބަރު ފޯނުން ލިބޭނެއެވެ.