Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ތޮއްޑޫ ކައުންސިލް ފުރާޅަށް ގާއުކި މައްސަލައިގައި 8 މީހަކު ހައްޔަރަށް

ތޮއްޑޫ ކައުންސިލް އިދާރާގައި ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކުރަނީ-

އއ. ތޮއްޑޫގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ބަޔަކު ހައްޔަރު ކޮށްފިއެވެ.

ތޮއްޑޫގެ ދަނޑުބިންތަކުގެ މައްސަލައިގައި އެ ރަށުގެ ރައްޔިތުންތަކެއް ވަނީ ކައުންސިލް އިދާރާ ކައިރިއަށް އެއްވެ އަޑުގަދަ ކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި މި އެއްވުމުގެ ތެރެއިން ކައުންސިލް ފުރާޅަށް ގާއުކާ ހިނގި ހަމަނުޖެހުންތަކުގައި ކައުންސިލްގެ ބިއްލޫރިގަނޑެއްވެސް ވަނީ ތަޅައިގެން ގޮސްފައެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ތޮއްޑޫ ކައުންސިލް އިދާރާ ފުރާޅަށް ގާއުކައި ހަމަނުޖެހުން ހިންގި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 8 މީހުން މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތީގައި އެއްވެ މުޒާހަރާ ކޮށްފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އަދި އެސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހަކަށް އަނިޔާވެ، އެފުލުސް މީހާއަށް މިހާރު ފަރުވާ ދީފައިވާ ކަމަށް ފުލުހުން މީގެކުރިން ހާމަކޮށްފައިވެއެވެ.