Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

މާލެއިން ބޮޑު ހަރުފައެއް ފެނިއްޖެ

މާފަންނުން ފެނުނު ހަރުފަ ހިފުމަށް މަސައްކަތް ކުރަނީ-

މާލެއިން ބޮޑު ހަރުފައެއް ފެނިއްޖެއެވެ.

ހަރުފަ ފެނިފައިވަނީ މާފަންނު ތިލާކޮޅުގޯޅިންނެވެ. މި ހަރުފަ ހިފާފައިވަނީ ސިފައިންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަނީ ހަރުފަ ހިފުމަށް ސިފައިން ހަރަކާތްތެރިވާ މަންޒަރެވެ.

ހަރުފައަކީ ރާއްޖޭގައި އުޅޭ އެއްޗަކަށް ނުވާއިރު އެއީ ރާއްޖެ އެތެރެކުރުން މަނާއެއްޗެކެވެ. މިކަމުގައި ކަމާގުޅޭ އެއްވެސް އިދާރާއެއްގެ ބަހެއް އަދި ނުލިބެއެވެ.