Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ސައިކަލުތަކުގައި ގަސްތުގައި ރޯކޮށްލިކަމުގެ ހެއްކެއް ނެތް

ފޮޓޯ: އެމްއެންޑީއެފް

މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ކުރިކަމެއް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

ހެންވޭރު މެހެލިގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި އަލިފާން ރޯވެފައިވަނީ ރޭގެ ވަގުތެއްގައެވެ. މިއަލިފާންގަނޑު ނިއްވާލާފައިވަނީ ސިފައިންނެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ މި ހާދިސާގައި ފަސް ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ، ސައިކަލުތަކުގައި ބަޔަކު އަލިފާން ރޯކޮށްލި ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށެވެ. އަދި މިހާރު ފެންނަންހުރި ހެކިތަކުން އެއީ ހިނގާފައިވާ އެކްސިޑެންޓެއް ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުން މިހެން ބުނެފައިވާއިރު މިފަހުން މަޖިލިސް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައިވެސް ރޯކޮށްލި މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފައިވެއެވެ.

ރޭގެ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.