Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ޕީޖީގެ ޒިންމާގައި ފުލުހުންނަކީ އެންމެ މުހިންމު ބައިވެރިޔާ

ޕީޖީ ހުސައިން ޝަމީމް--

ޕްރޮސިކިއުޓަރ ޖެނެރަލްގެ ޒިންމާ އަދާކުރުމުގައި ފުލުހުންނަކީ އެންމެ މުހިންމު ބައިވެރިޔާ ކަމަށް ޕީޖީ ހުސަން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުން ނެރޭ ނިއުސްލެޓަރ "އުންސުރު"ގެ 5 ވަނަ އަދަދަށް ލިޔުއްވި ލިޔުމެއްގައި ޝަމީމް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމުގައި އެންމެ މުހިންމު، އަސާސީ ޚިދުމަތެއް ފޯރުކޮށްދެނީ ދިވެހި ފުލުހުންގެ ހިދުމަތުން ކަމަށެވެ.

ޝަމީމް ވިދާޅުވީ ކުށެއްކަމަށް ތުހުމަތުކުރެވޭ އަމަލެއްގެ މައުލޫމާތު ލިބިއްޖެ ހިނދެއްގައި، އެ ކަމެއް ތަހުޤީޤުކުރަން އަމުރު ނެރުމުގެ ބާރުވެސް ޕްރޮސިކިއުޓަތ ޖެނެރަލަށް ޤާނޫނުއަސާސީން ލިބިދޭ ކަމަށާއި، މިބާރު އެހެން އެއްވެސް މީހަކަށް ލިބިފައި ނުވާ ކަމަށެވެ.

"ވީމާ، ފުލުހުންގެ ޚިދުމަތުން ކުރާ ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމާބެހޭ މަސައްކަތް ހިނގާ ނުހިނގާގޮތް ބަލައި، އިޞްލާޙުކުރަންވީ ކަންކަން އެންގުމާއި، ފުލުހުން ނުބަލާ ދޫކޮށްލާ މައްސަލަތައް ބެލުމުގެ މަސްއޫލިއްޔަތާއި ޤާނޫނީ ދައުރު އޮތީ ޕްރޮސިކިއުޓަރ ޖެނެރަލަށެވެ." ޕީޖީ ޝަމީމް ވިދާޅުވިއެވެ.

މީގެއިތުރުން ޕީޖީ ޝަމީމް ވިދާޅުވީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޒިންމާ އަދާކުރުމުގައި ފުލުހުންނަކީ އެންމެ މުހިންމު ބައިވެރިޔާ ކަމަށެވެ. މި ދެ މުއައްސަސާގެ މަސައްކަތް އޮތީ ޤާނޫނީ ގޮތުން ގުޅި ލާމެހިފައި ކަމަށްވެސް ވިދާޅުވިއެވެ.