Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

ގެއެއްގެ 5 ވަނަ ބުރިން ބިއްލޫރިގަނޑެއް މަގުމައްޗަށް ވެއްޓިއްޖެ

މާލެ މާވެޔޮމަގުގައި ހުރި ގެއެއްގެ 5 ވަނަ ފަންގިފިލާއިން ބިއްލޫރިގަނޑެއް މަގުމައްޗަށް ވެއްޓިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ މާވެޔޮމަގުގައި ހުންނަ މަރުހަބާ ފިހާރަ ހުންނަނ އިމާރާތުގެ 5 ވަނަ ފަންގިފިލާއިން ބިއްލޫރިގަނޑެއް މަގުމައްޗަށް ވެއްޓިގެން އުޅޭކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބުމުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށްވެސް ފުލުހުން މައުލޫމާތުދީފައިވެއެވެ.

މަގުމައްޗަށް ބިއްލޫރިގަނޑު ވެއްޓި ވަނީ ތަޅައިގެން ގޮސްފައެވެ. ވެއްޓިފައިވަނި އެ ފަންގިފިލާގެ ބެލްކަނީގައި ހުރި ބިއްލޫރިގަނޑެކެވެ.