Last Updated: June 9, 17:53
Tuesday, June 9, 2026
ޚަބަރު

ހަނިމާދޫން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހދ. ހަނިމާދޫ- ފޮޓޯ: ޒުވާން މަސްވެރިޔާ ވެބްސައިޓް

ހދ. ހަނިމާދޫ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ ހަނިމާދޫ ގެއެއްގެ ކޮޓަރިއެއްގައި ކުއްޔަށް އުޅޭ މީހަކު ރޭ ކޮޓަރިއަށް ވަތްގޮތަށް ހަބަރެއް ނުވެގެން އުޅޭ ކަމަށް މައުލޫމާޓު ލިބުމުން ފުލުހުން އެކަމަށް އެޓެންޑް ވެފައިވާ ކަމަށެވެ.

ފުލުހުން އެ ކޮޓަރިއަށްވަދެ ބެލިއިރު އެމީހާ އެއްވެސް ހަރަކާތެއްނެތި އެނދުމަތީގައި އޮށްވާ ފެނުނު ކަމަށް މައުލޫމާތު ދީފައިވެއެވެ.

މި މީހާ ހަނިމާދޫ ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހެލްތް ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ނިޔާވެފައިވަނީ އުމުރުން 64 އަހަރުގެ ދިވަހި ފިރިހެނެކެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ.