Last Updated: June 9, 17:53
Tuesday, June 9, 2026
ޚަބަރު

ސައިކަލެއް ކަހާލައިގެން ވެއްޓި މީހަކު ނިޔާވެއްޖެ

ސިނަމާލެ ބުރިޖު ހައިވޭން ސައިކަލެއް ކަހާލައިގެން ހިނގި ހާދިސާއެއްގައި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ ބުރިޖު ހައިވޭ މާލެއިން ހުޅުމާލެއަށް ދާ ފަޅީގައި ސައިކަލެއް ކަހާލައިގެން ވެއްޓި ފެންސްތަކުގައި ޖެހި ހާދިސާއެއް ހިނގައިގެން އުޅޭކަމަށް ޖޫން 21 ވަނަ ދުވަހު ހެނދުނު 06:40 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިއަދު އެމީހާ ނިޔާވެފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދީފައިވެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ސްރީލަންކާގެ ފިރިހެނެކެވެ.

ފުލުހުން ބުނެފައިވަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ.