Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ގެއްލިގެން ހޯދި ކުޑަކުއްޖާ އިތުރު ޓެސްޓުތަކެއް ހެދުމަށް ތިނަދުއަށް

އިއްޔެ ގދ. ފިޔޯރީން ގެއްލިގެން ހޯދި ކުޑަކުއްޖާ އިތުރު ޓެސްޓްތަކެއް ހެދުމަށް ތިނަދޫ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

ރޭ އިރާކޮޅުން ފެށިގެން ގެއްލިގެން ހޯދީ އުމުރުން 8 އަހަރުގެ މީނާލް މުޙައްމަދުއެވެ. މި ކުއްޖާ ފެނިފައިވަނީ އެކުއްޖާގެ ގެއާ ދުރު ނޫން ހިސާބެއްގައި ހުރި ފަޅުގެއެއްގެ ތެރެއިން ހޭނިތިފައި އޮށްވައެވެ.

އެ ކުއްޖާ ފެނުނު އިރު ބޭރުފުށުން އަނިޔާއެއް ލިބިފައި ނެތްކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އެހެންނަމަވެސް އިތުރު ޓެސްޓްތަކެއް ހެދުމަށް އެ ކުއްޖާ ތިނަދުއަށް މިއަދު ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެކުއްޖާ ހޯދުމުގެ މައްސައްކަތް ފެށީ ރޭ 7:00 ގައެވެ. ކުއްޖާ ފެނުނު ކަމަށް ފުލުހުން ބުނެފައިވަނީ ރޭ 23:25 ހާއިރުއެވެ.