Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ޓެކްނިކަލް މައްސަލައެއް ދިމާވެ މޯލްޑިވިއަންގެ ބޯޓެއް ޖައްސައިފި

ޓެކްނިކަލް މައްސަލައެއް ދިމާވުމުން މޯލްޑިވިއަންގެ ބޯޓެއް ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސައިފިއެވެ.

ޓެކްނިކަލް މައްސަލައެއް ދިމާވުމުން އަނބުރާ ޖައްސާފައިވަނީ މާލެއިން އިންޑިއާއަށް ދަތުރުކުރި ބޯޓެކެވެ.

މޯލްޑިވިއަނުން ބުނެފައިވަނީ އެ ބޯޓު އަނބުރާ މާލެ ޖައްސާފައިވަނީ ޓެކްނިކަލް މައްސަލައެއް ދިމާވުމުން ކަމަށާއި، ދިމާވި ސީދާ މައްސަލަ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވަކިއެއްޗެއް އަންގަންދެން ފްލައިޓް ކެންސަލް ކުރެވިފައިވާ ކަމަށްވެސް މޯލްޑިވިއަނުން ބުނެފައިވެއެވެ.

ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސާފައިވަނީ މޯލްޑިވިއަންގެ Q2700 ފްލައިޓެވެ.