Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ޕީއެންސީ ހަރުގެ ރަސްމީކޮށް ހުޅުވައިފި

ވެރިކަންކުރާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަރުގެ ރަސްމީކޮށް ހުޅުވައިފިއެވެ.

ޕީއެންސީ ހަރުގެ ރަސްމީކޮށް ހުޅުވާދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. ޕީއެންސީ ހަރުގެ ގާއިމުކޮށްފައިވަނީ އެމްޑީޕީގެ ހަރުގެ އަދި ޑިމޮކްރެޓްސްގެ ހަރުގެ ހިންގި ހ. ވެޔޮވިލާގައެވެ.

ޕީއެންސީ ހަރުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އިތުރުން ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް އަދި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެއިތުރުން އެމްއެންޕީ އަދި ޖޭޕީގެ ލީޑަރުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒުއަށް އަދި ސަރުކާރަށް ތާއީދުކުރާ ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ.