Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ޕީއެސްއައިޕީ ބަޖެޓުގެ 50 ޕަސެންޓު ގެދޮރުވެރިކަމަށް ހާއްސަ ކުރަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ޕީއެންސީ

ދައުލަތުގެ ބަޖެޓްގެ ޕީއެސްއައިޕީ ބަޖެޓުގެ 50 އިންސައްތަ ގެދޮރުވެރިކަމަށް ހާއްސަ ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޖަގަހަ ހުޅުވުމަސް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ އަންނަ އަހަރުން ފެށިގެން މަޖިލީހުން މަޝްރޫއުތަކަށް އިސްކަން ދޭނޭ ބަޖެޓު ފާސްކޮށް އެއަށް އަމަލުކުރާނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ބަޖެޓްގައި މަޝްރޫއުތަކަށް ހާއްސަކުރާ ބަޖެޓްގެ 50 އިންސައްތަ ކޮންމެ އަހަރަކުވެސް ހާއްސަ ކުރާނީ ގެދޮރު ބިނާ ކުރުމަށް ކަމަށެވެ. އަދި މިއަހަރުގެ ބަޖެޓުން ގެދޮރު ބިނާކުރުމަށް އިސްކަން ދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވަނީ މި ފަސް އަހަރު ނިމޭއިރު ބޯހިޔާވަހިކަމެއް ނެތް އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމުގެ ވައުދު ތަކުރާރު ކުރައްވާފައެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިހާރު މަޑުޖެހިފައިއޮތް ރަސްމާލެ ހިއްކުމުގެ މަސައްކަތް މިއަންނަ މަހުގެ ތެރޭގައި އަމަލީގޮތުން އަނެއްކާ ފެށޭނެ ކަމަށެވެ. އަދި މިއަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ބިން ހިއްކާ ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ވިދާޅުވިއެވެ.