Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ހައްޖުވެރިން އެނބުރި އަންނަން ފަށައިފި

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރާއްޖެއިން މިއަހަރު ހައްޖަށްދިޔަ ފަރާތްތައް އެނބުރި ރާއްޖެ އަންނަން ފަށައިފިއެވެ.

އެގޮތުން ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް މިއަދު ވަނީ ރާއްޖެއަށް އެނބުރި އައިސްފައެވެ. މިއަދު ރާއްޖެ އައިސްފައިވަނީ 296 މީހެކެވެ. ހައްޖުވެރިންގެ ދެވަނަ ގްރޫޕު ރާއްޖެއައުމަށް ހަމަޖެހިފައިވަނީ މަމަހުގެ 28 ވަނަ ދުވަހުއެވެ.

މިއަހަރު ހައްޖަށް ދިޔަ ހައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ 4 ދުވަހަށް ބަހާލައިގެންނެވެ.

ސައުދީން ރާއްޖެއަށް މިއަހަރު ދޫކުރި ހައްޖު ކޯޓާގެ އަދަދަކީ 1000 އެވެ. ނަމަވެސް ސަރުކާރުން އިތުރު 150 ކޯޓާ ހޯދައި 1150 ހައްޖުވެރިން ހައްޖަށް ގޮސްފައިވެއެވެ. މީގެއިތުރުން 1149 މީހަކު ހައްޖުގެ އަޅުކަން އަދާކޮށްފައިވެއެވެ.