މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް 88 ފަރާތަކުން ހުށަހެޅުން ހުށަހަޅައިފި އެވެ.
މިއަހަރު އިނާމު ދިނުމަށް ހަމަޖެހިފައިވަނީ 18 ދާއިރާއަކުންނެވެ.
އޭގެތެރޭގައި ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ، އިޖުތިމާއީ ނޫސްވެރިކަމުގެ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާ، ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ އަދި ފޮޓޯ ޖާނަލިޒަމްގެ ދާއިރާ އާއި ވީޑިއޯ ޑޮކިއުމެންޓްރީގެ ދާއިރާގެ އިތުރުން ގްރެފިކްސް އާއި އިލެސްޓްރޭޝަންސްގެ ދާއިރާ ހިމެނެ އެވެ.
އަދި ފީޗަރ ރިޕޯޓުގެ ދާއިރާއާއި، ތާރީޚާއި ސަގާފަތުގެ ދާއިރާ، މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ، ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ، އޯޑިއޯ ޖާނަލިޒްމްގެ ދާއިރާ، އުންމީދީ ނޫސްވެރިޔާގެ އިނާމު، އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު، އަހަރުގެ އެންމެ މޮޅު ކަވަރޭޖުގެ އިނާމުގެ އިތުރުން، އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްފުމުގެ އިނާމު ވެސް ހިމެނެ އެވެ.
މީޑިއާ ކައުންސިލުން ބުނީ އޯޑިއޯ ޖާނަލިޒްމްގެ ދާއިރާ އާއި އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްދުން ފިޔަވައި އެހެން ހުރިހާ ދާއިރާއަަކަށް ވެސް މި އަހަރު ހުށަހެޅުން ލިބިފައިވާ ކަމަށެވެ.