Last Updated: February 12, 21:09
Wednesday, February 12, 2025
ޚަބަރު

ޙައްޖު ކްލިނިކުގެ ޚިދުމަތް ހުއްޓާލައިފި

މި އަހަރުގެ ހައްޖުގެ އަޅުކަން ކުރުމަށް ފަހު އެނބުރި ރާއްޖެ އައި މީހުންނަށް ހާއްސަކޮށް އައިޖީއެމްއެޗްގައި ހުޅުވި ފްލޫ ކްލިނިކްގެ ހިދުމަތް ހުއްޓާލައިފި އެވެ.

އައިޖީއެމްއެޗުން ބުނީ ހައްޖުން އެނބުރި އަންނަ ފަރާތްތަކަށް ހާއްސަކޮށް ހުޅުވި ފްލޫކްލިނިކްގެ ހިދުމަތް ހޯދާ ފަރާތްތަކުގެ އަދަދު މަދުވެފައިވާތީ މިއަދުން ފެށިގެން އެ ކްލިނިކްގެ ހިދުމަތް ހުއްޓާލާފައިވާ ކަމަށެވެ.

އަދި ހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކުން ރޯގާގެ އެއްވެސް އަލާމާތެއް ހުރެއްޖެނަމަ މާސްކު އަޅައިގެން އައުމަށް ވަނީ އެދިފަ އެވެ.

މި ފްލޫ ކްލިނިކް ގާއިމުކުރީ ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލްގެ ކޭހެއް ރާއްޖެއިން ފެނުމާ ގުޅިގެންނެވެ. މި ބަލި ރާއްޖެއިން ފެނިފައި ވަނީ މި އަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށްފަހު އެނބުރި އައި ފަރާތެއް އެ ބައްޔަށް ޕޮޒިޓިވް ވުމުންނެވެ.