Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ސައިކަލެއް ވަގަށް ނަގަން އުޅުނު މީހަކު ހައްޔަރުކޮށްފި

މާލޭގެ ޕާކިން ޒޯނެއްގައި ހުރި ސައިކަލުތަކެއް ވަގަށް ނަގަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ނ. މިލަދޫ، ސޯސަންގޭ މުހައްމަދު ނައުޝާދެވެ.

ކްރިމިނަލް ކޯޓުން ނެރުނު އޭނަގެ ބަންދު އަމުރުގައިވާ ގޮތުން ފުލުހުން ނައިޝާދު ހައްޔަރުކުރީ ޕާކިން ޒޯނެއްގައި ހުރި ސައިކަލުތަކަކަށް ތަޅުދަނޑި ޖަހާ ތަން ފެނިގެން އާންމު މީހަކު ކުރި ރިޕޯޓަކާ ގުޅިގެންނެވެ. އަދި ސީސީޓީވީ ފުޓޭޖުން ވެސް އޭނަ ތަޅުދަނޑި ޖަހާތަން ފެންނަ ކަަމަަށް ބުނެފައި ވެއެވެ.

އެހެންވެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނައުޝާދި ތިން ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން އަމުރުކޮށްފައިވެ އެވެ.