މި މަހު ފުލުހުން ބާއްވާ "ސައިބާ އެކްސްޕޯ 2024" ގެ ޕާޓްނަރުންނާ އެކީ މިއަދު ސޮއިކޮށްފި އެވެ.
މީގެ ތެރޭގައި ހިމެނީ ފަސް ޕާޓްނަރެކެވެ. އިސްކަންދަރު ބިލްޑިންގުގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި، ޕާޓްނަރުންނާ އެކީ ފުލުހުންގެ ފަރާތުން ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާއު އެވެ.
އެގޮތުން އެކްސްޕޯގެ ބްރޯންޒް ޕާޓްނަރަކީ އެމްޓީސީސީ އެވެ. ބޭންކިން ޕާޓްނަރަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (ބީއެމްއެލް) އެވެ. މީޑިއާ ޕާޓްނަރަރަކީ ޕީއެސްއެމް އެވެ. ޓެލެކޮމިއުނިކޭޝަން ޕާޓްނަރަކީ ދިރާގެވެ. އަދި ކޭޓަރިންގ ޕާޓްނަރަކީ ޕާކްސައިޑެވެ. ފަރާތުން ސޮއިކުރެއްވީ ޕާކްސައިޑްގެ ވެރިޔާ އަލީ ތައުފީޤްއެވެ.
މި މަހުގެ 10-12 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވަން ހަމަޖެހިފައިވާ "ސައިބާ އެކްސްޕޯ" އަކީ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި ފަންނީ ބޭފުޅުންނަށް ހުޅުވާލައިގެން ބާއްވާ ކުއެކްސްޕޯއެކެވެ.
މި އެސްޕޯއަކީ އެންމެން ގުޅިގެން ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކުރުމާއި އާންމު ރައްޔިތުން ސައިބަ ސެކިއުރިޓީ އަށް އަހުލުވެރިކުރުވުމަށް ބާއްވާ އެކްސްޕޯއެއް ކަމަށް ފުލުހުން ބުންޏެވެ.