އައްޑޫ ހިތަދޫގެ މިސްކިތްތަކުގެ ތެރެއިން މަރާމާތު ކުރަން ޖެހިފައި ހުރި މިސްކިތްތަކަށް މަރާމާތުކޮށް ދޭން ބޭނުންވާ އަމިއްލަ ފަރާތްތަކަށް ކައުންސިލުން އެ ފުރުސަތު ހުޅުވާލައިފި އެވެ.
ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ފޯމް ހުށަހަޅަން އެދޭ ކަމަށެވެ. މި ލިންކް https://docs.google.com/forms/d/1_tSUaum5JZmh1RI9PhaWFXcJP8_wzMsRVAwz30wXTps/edit މެދުވެރިކޮށް ވެސް ފޯމް ފުރިހަމަކޮށް ހުށަހެޅޭނެ އެވެ.
ކޮންމެ އަހަރެއްގެ ވެސް ރޯދައާ ދިމާކޮށް އަައްޑޫގެ މިސްކިތްތަކުގެ އާބާތުރަފިލުވުމުގެ މަސައްކަތް ކައުންސިލުން ކުރިއަށް ގެންދެ އެވެ. އެގޮތުން އައްޑޫގެ ހުރިހާ އަވަށެއްގެ ގިނަ މިސްކިތްތަކަކީ އަމިއްލަ ފަރާތްތަކުން މަރާމާތުކޮށްދޭ މިސްކިތްތައްކަން ފާހަގަކޮށްލެވެ އެވެ.