ވަޒީފާ އަދާކުރާ ތަންތަނުން މުސާރަ ނުދޭ ކަމަށް ބުނެ ބިދޭސީންތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ދިރިއުޅުއްވާ ގެކޮޅު މުލިއާގެ ސަރަހައްދަށް އެއްވި ބިދޭސީންތަކެއް މައްސަލާގައި ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ބިދޭސީންތަކެއް މުލިއާގެ ސަރަހައްދުގައި ހިތްހަމަނުޖެހުން ފާޅުކުރި މައްސަލައާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް އެޓެންޑްވެފައިވާ ކަމަށެވާއި އިމިގްރޭޝަންގެ އޮފިޝަލުން ވެސް އެ ތަނުގައި ހަރަކާތްތެރިވި ކަމަށެވެ.
މުސާރަ ނުދޭތީ މުލިއާގެ ކައިރިއަށް އެއްވި ބިދޭސީން ފަހަތަށް ޖައްސަމުން ގެނެސް މަޖީދިއްޔާ ސްކޫލް ކައިރީ.@raajjemv @AdhadhuMV @DhiyavaruNews pic.twitter.com/1XeF51G6mv
— Hussain Shafiu (@charly_thuthu) December 7, 2024
އެ އިދާރާތަކުގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 38 މީހަކާއި ބަންގްލަދޭޝްގެ 17 މީހެކެވެ.
ނަމަވެސް އެއީ ކޮން ތަންތާކު މަސައްކަތްކުރާ ބައެއް ކަމެއް އަދި ސާފެއް ނުވެ އެވެ. މުސާރަ ނުދޭ މައްސަލާގައި މީގެ ކުރި ންވެސް ބިދޭސީންތަކެއް މުޒާހަރާކޮށްފައިވެ އެވެ.