އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.
އެ ކޮމިޝަނުން ދެ މެންބަރަކު މަދުވީ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަނުގެ މެންބަރު ތޯހާ މުހައްމަދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެ ދެ މެންބަރުން އިސްތިއުފާދެއްވީ ކުރެވުނު ތުހުމަތުތަކަކާ ގުޅިގެން މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަމުން ދަނިކޮށް މިދިޔަ މަހުގެ 25 ގަ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އޭސީސީގެ މެމްބަރު ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 16 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އޭސީސީގެ ގާނޫނު މިހާރު ވަނީ އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ރައީސުލްޖުމްހުރިއްޔާ އައްޔަންކުރާ ގޮތަށް ބަދަލުކޮށްފަ އެވެ.