Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ގްރޫމްކުރި ޓީޗަރު އަލުން ހައްޔަރު ކުރަން އަމުރެއް

ދަރިވަރުންތަކެއް ގްރޫލްކުރި ޓީޗަރު ޝަރުތުތަކެއް ކުރުމަށްފަހު ބަންދުން ދޫކޮށްލާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އޭނާ އަލުން ހައްޔަރު ކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.

އުމުރުން 29 އަހަރުގެ ޓީޗަރު އަލުން ހައްޔަރު ކުރަން ހައިކޯޓުން އިއްޔެ އަމުރުކޮށްފައި ވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ހައިކޯޓުން އަމުރު ކުރީ އެ ޓީޗަރު، 7 ދުވަހަށް ބަންދުކޮށް އެ މުއްދަތުގެ ތެރޭގައި ދަށު ކޯޓުން އަލުން އެ މައްސަލައާއި މެދު ގޮތެއް ނިންމުމަށެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ ޓީޗަރު ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ.

ގްރޫމްކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ޓީޗަރު ހައްޔަރުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 27 ގައެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އެ ޓީޗަރުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ ނޮވެމްބަރު 25 ގައި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.