Last Updated: January 20, 22:59
Monday, January 20, 2025
ޚަބަރު

7 ގެއަކުން 44 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް

މާލެ އަށް ރޭ މެންދަމު ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމާ ގުޅިގެން ހަތް ގޭބިސީ އެއްގެ 44 މީހަކަށް ވަގުތީ ބޯހިޔާވަހިން ހަމަޖައްސައި ދީފި އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ އެ އިންތިޒާމު ހަމަޖައްސައި ދިނީ އެއް ދުވަހަށް ކަމަށެވެ. އެގޮތުން ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިންމުގެ އިންތިޒާމު ހަމަޖައްސައި ދީފައިވެ އެވެ.

"އެ ފަރާތްތައް ބަދަކުކުރެވުނީ ގެތަކުގެ ފާޚާނާތަކުން ނަޖިސް ލީކުވުމާއި ކައްކާކައި ބޮއި ހެދުމަށް ބުރޫ އަރާ އާންމު ދިރިއުޅުމަށް ހުރަސްއެޅިފައިވާ ހާލަތަށް ގޮސްފައިވާތީ." އެތަނުން ބުންޏެވެ.

މާލެ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައި ވަނީ މި މަހުގެ 3 އާއި 4 ގައި ވެސް ބޯކޮށް ވާރޭ ވެހި ބޮޑެތި ގެއްލުންތަކެއްވެފައި ވަނިކޮށެވެ. އެގޮތުން 226 ގެއަކަށް ގެއްލުންވެފައިވާ އިރު، އެ ވިއްސާރައިގައި ގޭބިސީތަކަށް ލިބުނު ގެއްލުން 2.2 މިލިއަނަށް އަރަ އެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވެސް މޫސުން ގޯހެވެ. އެގޮތުން ށ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް އޮތީ މެންދުުރު ފަހު 1:00 އާ ހަމައަށް ޔެލޯ އެލާޓް ނެރެފަ އެެވެ.