Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ކުށްތަކަށް ބޭނުން ކުރާ ހިތަދޫ ގެއެއް ބަންދު ކުރަން އަމުރެއް

ކުށްކުރުމަށް ބޭނުން ކުރަމުން އަންނަ އައްޑޫ ހިތަދޫގެ 9 ދުވަހަށް ބަންދު ކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.

އެ ގެ އަކީ ހިތަދޫ، ލާމިޔާގެ އެވެ.

ފުލުހުން މިއަދު ބުނީ ގެ ތިން މަސް ދުވަހަށް ބަންދުކުރަން އަމުރު ނެރުނީ އިއްޔެ އިން ފެށިގެން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 އާ ހަމައަށް ކަމަށެވެ.

ގެ ބަންދު ކުރަން އަމުރުކުރީ އެ ގެއަކީ ވައްކަމާއި ފޭރުމުގެ އިތުރަށް އަދ މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުން އެ ބޭނުމުގައި އެ ގޭގައި އުޅުމާއި، އާއްމުންނަށް މިކަމުގެ ސަބަބުން އުނދަގޫތަކެއް ފޯރާ ކަމަށް ފުލުހުންގެ ޙިދުމަތަށް އެކި ފަހަރު މަތިން ޝަކުވާ ހުށަހެޅިފައިވުމުން މިކަމަށް ހައްލެއް ގެނެސްދިނުމުގެ ބޭނުމުގައި ކޯޓަށް ހުށަޅައިގެން ނެރުނު އަމުރެކެވެ.

ފުލުހުން ބުނީ ކޯޓް އަމުރުގެ ދަށުން އެތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނިކުމެ ހެދުމަކީ ކުށެއް ކަމަށެވެ. އަދި އެފަދަ ތަންތަނަށް ހުއްދައަކާއި ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ތަފާތު އެކި ކުށްތަކަށް އަރައިގަތުމަށް ބޭނުން ކުރާ ހިތަދޫ ގެއެއް ބަންދު ކުރަން ކޯޓުން އަމުރުކުރި އިރު، ދާދި ފަހުން ފުވައްމުލަކާއި މާލޭގައި ވެސް ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ ދެ ތަނެއް ބަންދު ކުރަން ކޯޓުން އަމުރުކޮށްފައިވެ އެވެ.