މަގުބޫލު ޗެޓްބޮޓް، ޗެޓްޖީޕީީ ވުޖޫދަށް ގެނައި ކުންފުނި އޯޕަންއޭއި އިން އެ ކުންފުނީގެ ހިއްސާ ވިއްކަން ނިންމައިފި އެވެ.
މިކަން އިއްޔެ އިއުލާންކޮށް ކުންފުނީގެ ހިއްސާ އާންމުންނަށް ވިއްކަން ނިންމާފައިވާތީ ހިއްސާގެ ބާޒާރުގެ ލިސްޓްކޮށް ދޭން އެމެރިކާގެ ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަނަށް ވެސް ވެސް ހުށަހަޅާފައިވާ ކަމަށް ބުންޏެވެ. އެހެންވެ އޯޕަންއޭއަައިގައި ހިއްސާވުމުގެ ފުރުސަތު ކައިރި މުސްތަގުބަލެއްގައި އާންމުންނަށް ލިބޭނެކަމުގެ އުންމީދު އޮތް ކަމަށް ބުންޏެވެ.
"މިކަަމަށް އަދި ސީދާ ވަކި ޓައިމްލައިނެއްދި މި ވަގުތަކު ކަނޑައަޅާފައް ނެތް." އޯޕަންއޭއި އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެ ކުންފުނި ހިއްސާގެ ބާޒާރުގައި ލިސްޓް ކުރަން ނިންމިކަން އިއުލާން މި ކުރީ ވާދަވެރި އެހެން އޭއައި ކުންފުންޏެއް ކަމަށްވާ އެންތުރޮޕިކުން ވެސް އެ ކުންފުނީ ހިއްސާގެ ބާޒާރުގައި ލިސްޓް ކުރަން ނިންމިކަން އިއުލާންކުރިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.
އޯޕަންއޭއައި އަކީ މީގެ 10 އަހަރު ކުރިން ވުޖޫދަށް ގެނައި ކުންފުންޏެކެވެ.
ވަރުގަދަ ބޮޑެތި ޓެކް ކުންފުނިތަކުން ހިއްސާގެ ބާޒާރަށް ނުކުންނަން ޝައުގުވެރިކަން ފާޅު ކުރަމުން އަންނަ މަހުޖަނު އިލޮން މަސްކްގެ ސްޕޭސް އެކްސް އަންނަ ހުކުރު ދުވަހު ހިއްސާގެ ބާޒާރުގައި ލިސްޓް ކުރާނެ އެވެ. މިއާ އެކު އެ ކުންފުނީގެ ރައުސުލްމާލު 1.75 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
ސްޕޭސް އެކްސް އަކީ ސްޓާލިންކްގެ ނަމުގައި އިންޓަނެޓްގެ ހިދުމަތް ދޭ ކުންފުންޏެވެ.