Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ސޯބެ މެންބަރުކަމުގެ ހުވާކުރުން އަންނަ ހޯމަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް، އަބްދުﷲ ސޯދިގް (ސޯބެ) މެމްބަރު ކަމުގެ ހުވާކުރުން އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

ސޯބެ ވިދާޅުވީ އަންނަ ހޯމަ ދުވަހުގެ ހެނދުނު މެމްބަރު ކަމުގެ ހުވާކުރުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަން މަޖިލީހުގެ އިދާރާއިން ސިޓީއަކުން އަންގާފައިވާ ކަަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަން ސޯބެ ކާމިޔާބު ކުރެއްވީ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އަހުމަދު ސައީދު (ސޮޑާ) އާއި ވާދަކޮށްގެންނެވެ. މި އިންތިހާބުގައި ސޯބެއަށް ވަނީ 1،375 ވޯޓު ލިބިފަ އެވެ. ސޮޑާއަށް ލިބިފައިވަނީ 1،313 ވޯޓެވެ.

އައްޑޫ ސިޓީގެ މޭޔަރުގެ މަގާމު މީގެކުރިން ފުރުއްވި ސޯބެ މި ގޮނޑި ކާމިޔާބު ކުރެއްވުމާއެކު، އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ އަދަދު 13 އަށް މިހާރު ވަނީ އިތުރުވެގެން ގޮސްފަ އެވެ. ޕީއެންސީގެ މެމްބަރުންގެ އަދަދު އުޅެނީ 74 ގަ އެވެ.