Last Updated: June 9, 20:11
Tuesday, June 9, 2026
މުނިފޫހިފިލުވުން

ޖެނިފާ ކައިވެނި ކުރަނީ

އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ޖެނިފާ ވިންގެޓް ކަައިވެނި ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ފުރަތަމަ ކައިވެނި ރޫޅިފައިވާ 41 އަހަރުގެ ބަތަލާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ސިންގަޕޫރްގައި ދިރިއުޅެމުން އިޝްމާއީލް ވިލިއަމް ވިޔަފާވެރިއަކާ ކަމަށެވެ. ޖެނިފާ އާއި އިޝްމާއީލްގެ ގުޅުން މިހާރު ވަރަށް ސީރިއަސް ކަމަށާއި މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އެ ދެ މީހުން ކައިވެނި ކުރަން ޕްލޭންކޮށްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން ޖެނިފާ މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

'ބޭހަދު' އާއި 'ސަރަސްވަތީޗަންދުރާ' އަދި 'ދިލް މިލް ގަޔޭ' ފަދަ މަގުބޫލު ސިލްސިލާތައް ކުޅެފައިވާ ޖެނިފާގެ ކުރީގެ ފިރިމީހާ އަކީ ބޮލީވުޑްގެ ކުރީގެ ބަތަލާ ބިޕާޝާ ބާސޫގެ ފިރިމީހާ އެކްޓަރު ކަރަން ސިންގް ގްރޯވަ އެވެ. އޭނަ އާއު ޖެނިފާ 2012 ގައި ކުރި ކައިވެނި ރޫޅައިލީ 2014 ގަ އެވެ.

ބިޕާޝާއާ އޭނަ ކައިވެނިކުރީ 2016 ގަ އެވެ. ޖެނިފާގެ ކުރިން ވެސް ކަރަން ކައިވެންޏެއްކޮށްފައިވެ އެވެ.

ޖެނިފާގެ ދެވަނަ ކައިވެނީގެ ވާހަކަ މިހާރު ދެކެވެމުން އަންނަ އިރު، ޓީވީ އެކްޓަރު ކަރަން ވާހީ އާއޮ ޖެނިފާ ރައްޓެހިވެގެން އުޅޭކަމުގެ އަޑުތަކެއް ވެސް މި ފަހުން އަރާފައިވެ އެވެ.