Last Updated: March 29, 11:09
Friday, March 29, 2024
ސިޔާސީ

ހައުސިންގެ އައްޑޫ ކޯޑިނޭޓަރު ފައިސަލް މަގާމުން ވަކިކޮށްފި

ފައިސަލް (ވ) ހައުސިން މިނިސްޓްރީގެ ޒިޔާދާ އެކު.

ހައުސިން މިނިސްޓްރީގެ އައްޑޫ ކޯޑިނޭޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ފައިސަލް މަގާމުން ވަކިކޮށްފި އެވެ.

އޭނާ މަގާމުން ވަކިކޮށްފައި މި ވަނީ، މަގާމުން ވަކި ކުރަން އުޅޭ ކަމުގެ އަަޑުތަކެއް ވެސް ފެތުރިފައި ވަނިކޮށެވެ.

އެހެން ނަމަވެސް ފައިސަލް މަގާމުން ވަކި ކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ. މިކަމާ ބެހޭ ގޮތުން ފައިސަލްގެ ބަހެއް ހޯދަން ގުޅުމުން ފޯނު ނުނަންގަވާތީ އަދި ވަނީ އޭނާގެ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.

ސަރުކާރު ހިންގާ ޕީޕީއެމްގެ އައްޑޫގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅުއްވާ ފައިސަލް ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރަކަށް ހަމަޖެއްސީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމުން މިދިޔަ ހަފުތާގައި މާލޭގައި ބޭއްވި ޖަލްސާ އަށް ވެސް ފައިސަލް ވަޑައިގެންނެވި އެވެ.