Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ތިން ވަނަ ފަހަރަށް ޒޯން 8ގެ ޗެމްޕިއަނަކަށް ފޭދޫ

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން އަށެއްގެ ޗެމްޕިއަންކަން ވެސް، އައްޑޫ ޗެމްޕިއަންކަން ހޯދި ފޭދޫ ޓީމް މި ފަހަރު ވެސް ހޯދައިފި އެވެ.

ފުވައްމުލަކު ދޫޑިގަމާއި ފޭދޫ މިއަދު ފުވައްމުލަކުގައި ބައްދަލު ކުރި މެޗް ފޭދޫން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރު ކުރީ އެގްރެގޭޓް ނަތީޖާއަކާ އެކުގަ އެވެ.

މިއަދު ކުޅުނު މެޗް ނިންމާލި އިރު 3-1 ލަނޑުން ދޫޑިގަން ކުރީގައި އޮތް ނަމަވެސް، މީދޫގައި މި މަހުގެ 20 ވަނަ ދުވަހު ދޫޑިގަމާއި ފޭދޫ ބައްދަލު ކުރި މެޗް ފޭދޫން ކާމިޔާބު ކުރީ 5-2 ލަނޑުންނެވެ.

އެހެންވުމާ އެކު ޗެމްޕިއަން ޓީމް ކަށަވަރުވީ ފައިނަލް ލެގްގެ ދެ މެޗްގެ ނަތީޖާ އެއްކޮށްލައިގެންނެވެ.

ދެ މެޗްގެ ނަތީޖާ އެއްކޮށްލުމުން ފޭދޫ މުބާރާތުގެ ޗެމްޕިއަންކަން ނެގީ 6-5 ލަނޑުންނެވެ.

ފޭދޫން މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ވެސް ކާމިޔާބު ކުރި އިރު، އެ ޓީމަކީ ފާއިތުވި ދެ އަހަރު ވެސް އައްޑޫ ޗެމްޕިއަންކަމާއި ޒޯން އަށެއްގެ ޗެމްޕިއަންކަން ހޯދި ޓީމެވެ.

އެހެންވެ މިއީ މި ޒޯންގެ ތަށި ފޭދޫން މިލްކު ކުރި ފަހަރެވެ.