Last Updated: March 28, 21:27
Thursday, March 28, 2024
ދުނިޔެ

ކަނޑުތަކުން ޕްލާސްޓިކް ނައްތާލަން އޭޝިއާގެ ގައުމުތައް ވައުދުވެއްޖެ

ޕްލާސްޓިކުން ދުނިޔޭގެ ކަނޑުތައް ތަޣައްޔަރުވުމުގައި އެންމެ ބޮޑަށް އިހުމާލުވާ ޤައުމްތަކުން އެ ޤައުމްތަކުން ތިމާވެއްޓަށް ދެމުންދާ ގެއްލުން ކުޑަ ކުރާނެ ކަމަށް ވަޢުދުވެއްޖެ އެވެ.

އެގޮތުން އދ، ގެ ކަނޑުތަކާ ބެހޭ ސަމިޓްގައި ޗައިނާ، ތައިލޭންޑް، އިންޑޮނޭޝިއާ އަދި ފިލިޕިންސް އިން ބުނެފައި ވަނީ ކަނޑުތައް ޕްލާސްޓިކް އިން ރައްކާތެރިކުރުމަށްޓަކައި މަސައްކަތް ކުރާނެ ކަމަށެވެ.

އެޤައުމްތަކުން ވެފައިވާ ބައެއް ވަޢުދުތައް އަދި ރަސްމީގޮތުން ކަނޑައަޅާފައި ނުވެއެވެ. ތިމާވެއްޓައި ބެހޭ މާހިރުން ބުނާ ގޮތުގައި ހުށައަޅާފައިވާ ފިޔަވަޅުތަކަކީ ބޭނުންވާ މިންވަރަށް ސީރިއަސް ނޫން ފިޔަވަޅުތަކެއް ކަމަށެވެ.

އެހެންނަމަވެސް އެޤައުމްތަކުން ވެފައިފާ ވަޢުދަށް އދ އިން ވަނީ ތަޢުރީފްކޮށްފައެވެ.

އދ ގެ ތިމާވެއްޓާއި ބެހޭ ޑައިރެކްޓަރު ބުނެފައިވާ ގޮތުގައި އެޤައުމްތަކުން ވެފައިވާ އެ ވަޢުދަކީ ކަނޑުތަކާއި ބެހޭގޮތުން ޤައުމްތައް ސީރިއަސްވާ ކަމުގެ ނިޝާނެއް ކަމަށެވެ. އެހެންނަމަވެސް ވަރަށް ބޮޑެތި މައްސަލަތަކެއް ހުރުމުގެ ސަބަބުން އަދިވެސް ވަރަށް ދިގު ރާސްތާއެއް ކަޑައްތުކުރަން އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލަފާކުރެވޭ ގޮތުގައި އަހަރެއްގެ މައްޗަށް 5-13 މިލިއަން ޓަންގެ ޕްލާސްޓިކް ކަނޑުތަކަށް އެޅެއެވެ. އޭގެތެރެއިން ގިނަ ޕްލާސްޓިކް އަކީ ދޫނިތަކާއި މަސްތައް އޮޅިގެން ކައިއުޅޭ އެއްޗެހި އެވެ. އެގޮތުން ކަނޑުގެ އެންމެ އަޑީގައި ދިރިއުޅޭ އެއްޗެހީގެ ހަށިގަނޑުން ވެސް ޕްލާސްޓިކް ފެނިފައިވެއެވެ.