Last Updated: April 18, 22:36
Thursday, April 18, 2024
މުނިފޫހިފިލުވުން

"އިންދޫ ސަރުކާރު" އާ އެކު ތާރީހުގެ ތެރެއަށް

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ދައުރުގައި އިންޑިއާގައި އިއުލާންކޮށްފައި އޮތް އިމަޖެންސީ ހާލަތާ ގުޅިގެން ހިނގާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމް "އިންދޫ ސަރުކާރު" އާ އެކު މަޝްހޫރު ޑައިރެކްޓަރު މަދޫރު ބަންޑާރު ތާރީހުގެ ތެރެއަށް ބެލުންތެރިން ގެންގޮސް ދޭން ތައްޔާރުވެއްޖެ އެވެ.

އަންނަ މަހުގެ 28 ގައި ރިލީޒް ކުރާ ފިލްމުގެ ފުރަތަމަ ޓްރެއިިލާ ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.

"އިންދޫ ސަރުކާރު" އަކީ އިިންޑިއާގެ ސިޔާސީ ކަންތައްގަނޑެއްގެ މައްޗަށް ބިނާކޮށް މަދޫރު ހެދި ފުރަތަމަ ފިލްމެވެ. އޭނާ ބޮޑަށް މަޝްްހޫރުވެފައި ވަނީ އަންހެނުންނާ ގުޅިފައި ހުރި މައްސަލަތަކަށް ފިލްމް ހަދާ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.

އެގޮތުން ޗާންދްނީ ބާ، ފެޝަން އަދި އެންމެ ފަހުން މަދުރު ޑައިރެކްޓް ކުރި ކެލެންޑަ ގާލްއަކީ ހަމަ އެކަހަލަ ފިލްމްތަކެވެ.

"އިންދޫ ސަރުކާރު" ގައި މުހިިއްމު ރޯލްތައް ކުޅެފައިވާ ތަރިންގެ ތެރޭގައި ނީލް ނިތެން މުކޭޝް، ކިރިތީ ކުލްހާރީ، އަނޫޕަމް ކޭރް، ޓޯޓާ ރޯއި ޗައުދަރީ އަދި ޕްރަވީން ޑަބަސް ހިމެނެ އެވެ.

އިންދާރީ ގާންދީގެ ބޮޑުވަޒީރު ކަމުގައި އިމަންޖެސީ އިއުލާންކޮށްފައި އޮތީ 1975-1977 އަށެވެ.

"އިންދޫ ސަރުކާރު" ގައި އިންދާރީގެ ރޯލުން ފެނިގެން ދާނީ ސުޕްރިޔާ ވިނޯދެވެ.