Last Updated: April 19, 06:08
Friday, April 19, 2024
ޚަބަރު

އައްޑޫ އިންޓަނެޝަނަލް މެރަތަން އަށް ހުޅުވާލައިފި

ރަނާސް މޯލްޑިވްސް އާއި ނަސީރު ސްޕޯޓްސް އެކަޑަމީ ގުޅިގެން އައްޑޫގައި ޑިސެމްބަރު މަހު ބާއްވާ "އީކްއޭޓަ އައްޑޫ ސިޓީ އިންޓަނޭޝަނަލް މެރަތަން" ގައި ބައިވެރިވުމުގެ ފުރުސަތު މުޅި ދުނިޔެއަށް ހުޅުވާލައިފި އެވެ.

މި މެރަތަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އެކަމަށް ހާއްސަ ވެބްސައިޓަކުންނެވެ.

އެގޮތުން adducitymarathon.com އިން މެރަތަންގައި ބައިވެރިވުމުގެ ފުރުސަތު އޮންލައިންކޮށް ވަނީ ހުޅުވާލައިފަ އެވެ.

ރަނާސް މޯލްޑިވްސް އިން ބުނީ މެރަތަންގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި މި މެރަތަންގައި ޕްރޮފެޝަނަލް ކެޓަގަރީގައި ބައިވެރި ވެވޭނީ ކުޑަ ފީއެއް ދައްކައިގެން ކަމަށެވެ. އަދި ކުޑަކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ހިލޭ ހުޅުވާލާފައިވާ ކަމަށެވެ.

މުބާރާތުގައި ވަނަ ހޮވުމަށް ހަމަޖެހިފައި ވަނީ ވެސް ޕްރޮފެޝަނަލް ކެޓަގަރީންނެވެ.

މިއީ އައްޑޫ ސިޓީގައި ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ މެރަތަން އެވެ.