Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

މިއީ ރާއްޖެ އަށް ހާއްސަ ގަޑިއެއް، ސަޅި ދޯ؟

ހޫބްލޯއިން ރާއްޖޭގެ ކަނޑުގެ އަޑީގެ ކުލަތައް ބޭނުންކޮށްގެން އަތުކުރީ ގަޑިއެއް އުފައްދައި މާކެޓަށް ބެރެފި އެވެ.

ގަޑި އުފައްދަން މަޝްހޫރު ސްވިސްގެ ކުންފުނި ހޫބްލޯ އާއި ރާއްޖޭގައި ރިސޯޓް ހިންގާ، ޝެވަލް ބްލޭންކް ރަންދެލިން ރިސޯޓް ގުޅިގެން ނެރެފައިވާ ގަޑި ހާއްސަކޮށްފައި ވަނީ ރާއްޖެއަށެވެ.

"ކްލެސިކް ފިއުޝަން ސްޕެޝަލް އެޑިޝަން ޝެވަލް ބްލޭންކް ރަންދެލި" ރިސޯޓްގެ ނަމުންނަން ދީފައިވާ މި ގަޑި މި ނ. އަތޮޅުގައި ހިންގާ، ބްލޭންކް ރަންދެލިން ރިސޯޓުން މިހާރު ގަންނަން ލިބޭނެ އެވެ.

ހޫބްލޯ އިން މި ގަޑި ސިފަކޮށްފައި ވަނީ ރާއްޖޭގެ ކަނޑު އަޑީގެ ނޫކަލަ އާއި ވިލު ނޫކުލަ، މޫނުމަތީގައި ހިމަނައިގެން އުފައްދާފައިވާ މި ގަޑިން ރަމްޒުކޮށް ދޭނީ ރާއްޖޭގެ ސާފު އުޑާއި މޫދުގެ ރީތި ކަމާއި އޭގެ ކުލަތަކެވެ. ގަޑި ދެ ޖިންސްގެ މީހުންނާ ގުޅޭ ގޮތަށް ވަނީ ތައްޔާރުކޮށްފަ އެވެ.