Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

"މިހާރު" ގެ މޮޅު ކުޅުންތެރިޔާ އަށް ހަބޭސް އިއްބެ ވާދަ ކުރަނީ

ދުވަހު ނޫސް "މިހާރު" އިން އަލަށް ތައާރަފު ކުރި "މިހާރު އެވޯޑްސް" ގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމަށް ގައުމީ ޓީމަށް މިހާރު ކުޅޭ ފޭދޫ އިބްރާހީމް މަހުދީ (ހަބޭސް އިއްބެ) ނޮނިމޭޓްވެއްޖެ އެވެ.

ޓީސީ ސްޕޯޓްސް އަށް ކުޅޭ އިއްބެއާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ދެން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އަލީ ފާސިރު (ސެންޓޭ) އާއި އަލީ އަޝްފާގް (ދަގަނޑޭ) އާއި ޓީސީ ސްޕޯޓްސް ކްލަބުގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި އެ ޓީމުގެ ނާއިޒް ހަސަން (ދާދު) އެވެ.

ޓީސީން ނިއުގެ ފަހަތުގައި ވިއްދައި ދެ ވަނަ ހޯދި އިރު ދާދު އާއި ހަބޭސް އިއްބެ ވަނީ ފޯވާޑް ލައިނުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އިއްބެ ވަނީ ޓީސީގެ މެދުތެރޭގައި، ފުރަތަމަ ބުރުގައި ވެސް ދެއްކި ކުޅުން ތަކުރާރުކޮށްފަ އެވެ.

"މިހާރު" އެވޯޑްގެ އިތުރުން އެފްއޭއެމް ފުޓްބޯޅަ އެވޯޑްސްގެ ގަދަ ހަ ކުޅުންތެރިންގެ ތެރޭގައި ވެސް އިއްބެ ހިމެނެ އެވެ.

މި ފަހަރު އެންމެ މޮޅު ޒުވާން ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑަށް ދެ ބުރުން ވާދަކުރަނީ މާޒިޔާގެ ސަމޫހު އަލީ (ސަމުއްޓެ) އާއި ޓީސީގެ ނާއިޒް ހަސަން (ދާދު) އާއި މުހައްމަދު ސާމިރު އަދި ކްލަބް ގްރީންސްޓްރީޓްސްގެ އިބްރާހިމް ރިޒުހާން (ރިޒްކޯ) އެވެ.

"މިހާރު" ގެ ފުޓްބޯޅަ ފަނޑިޔާރުންގެ ޕެނަލުގައި ރާއްޖޭގެ މަޝްހޫރު ކޯޗުންނާއި ކުރީގެ ކުޅުންތެރިންނާއި ކުރީގެ ރެފްރީންނާއި ކުޅިވަރު ނޫސްވެރިން އަދި ފުޓްބޯޅައިގެ ތެރޭގައި ހަރަކާތްތެރިވާ އޮފިޝަލުން ހިމެނެ އެވެ.