Last Updated: April 25, 09:17
Thursday, April 25, 2024
ޚަބަރު

ރޯވިން ޓީމް ސައުތު އޭޝިއަންގެ ކުއާޓާ އަށް

ޗައިނާގެ ޝެންޒޫ ގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ރޯވިން ކޯސްޓަލް ޗެމްޕިއަންޝިޕް 2017 ގައި ރާއްޖޭގެ ގައުމީ ރޯވިން ޓީމް ވަރުގަދަކަން ދައްކާލައި، މުބާރާތުގަ ކުއާޓަ ފައިނަލަށް ދަތުރުކޮށްފި އެވެ.

ރާއްޖޭން ނުވަ އެތުލީޓުން ވާދަ ކުރާ މުބާރާތުގެ ކުއާޓަ ފައިނަލަށް ދިވެހި ޓީމް ފިރިހެން ޑަބަލްސްގައި ޗައިނާ، ހޮންކޮންގް، ސްރީ ލަންކާ، ކޮރެއާ އާ ވާދަކޮށް އެ ޓީމްތައް ބަލިކޮށްގެންނެވެ.

އަދި އަންހެން ސިންގަލް ބައިން ފާތިމަތު މިނާ އަހުމަދު ވަނީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.

ރާއްޖޭގެ ރޯވިން އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބް ވިދާޅުވީ މިއީ ވަަރަށް ޅަފަތުގައި އޮތް ރާއްޖޭގެ ރޯވިން ޓީމުން ހޯދި ރަނގަޅު ފުރިހަމަ ކާމިޔާބީއެއް ކަމަށެވެ. އޭނާ ވިދާޅުވީ ޓީމްގެ ނމިނަތީޖާ އަށް ބަލާއިރު ރޯވިން އިން މި ފަހަރު މެޑެއްޔެއް ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ ކަމަށެވެ.

ސައުތު އޭޝިއަން ރޯވިން ކޯސްޓަލް ޗެމްޕިއަންޝިޕް 2017 އަކީ މި މަހުގެ 15 އިން ފެށިގެން މިއަދާ ހަމައަށް ކުރިއަށްދާ މުބާރާތެކެވެ.