Last Updated: April 16, 23:13
Tuesday, April 16, 2024
ޚަބަރު

ބީއެމްއެލްގެ ހިއްސާއަކަށް މި ފަހަރު 22ރ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަަރު ލިބުނު ފައިދާއިން ހިއްސާއަކަށް 22ރ. ބަހަން ހުށަހެޅުމަށް ނިންމައިފި އެވެ.

އެ ބޭންކުން 2016 ވަނަ އަހަރުގެ ފައިދާގެ ގޮތުގައި ބެހީ ޖުމްލަ 107.6 މިލިޔަން ރުފިޔާ އެވެ. އެއީ ހިއްސާއަކަށް 20ރ. އެވެ.

ބީއެމްއެލުން ގޮތުގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ، 2017 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި 118،402،240ރ. ރުފިޔާ ބަހަން ހުށަހެޅުމަށް ނިންމައިފަ އެވެ. އެއީ ހިއްސާއަކަށް 22ރ. ގެ މަގުންނެވެ.

މިއީ ކުންފުނީގެ ތާރީޚުގައި އެންމެ ބޮޑު ފައިދާއެއް ބަހަން ހުށަހަޅާ ފަހަރެވެ.

ހިއްސާގެ ފައިދާ ބަހާނީ، މިއަހަރު ބާއްވާ ބީއެމްއެލްގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އަށް އެކަން ހުށަހަޅައި، ހިއްސާދާރުންގެ އަގުލަބިއްޔަތުން ފާސްވުމުންނެވެ.

ހިއްސާގެ ފައިދާ ބަހާނީ ބުކް ކްލޯޝާ ޑޭޓުގެ ކުރިން ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ލިސްޓުކޮށްފައިވާ ހުރިހާ ހިއްސާދާރުންނަށް ކަމަށެވެ.

ބުކް ކްލޯޝާ ޑޭޓު އިއުލާނުކުރާނީ އަހަރީ އާންމު ޖަލްސާގެ ނޯޓިހާއެކުއެވެ.

ބީއެމްއެލްއަކީ ސަރުކާރުން 50.80 ޕަސަންޓް ހިއްސާ އަދި އާންމުން 33.73 ޕަސަންޓް ހިއްސާވާ ކުންފުންޏެކެވެ.