Last Updated: April 26, 20:24
Friday, April 26, 2024
މުނިފޫހިފިލުވުން

ޕީސީ އާއި ފަރްހާންގެ ޑްއެޓް ލަވައެއް

އެކްޓް ކުރުމުގެ އިތުރުން ގިނަ ހުނަރުތަކެއް ލިބިފައިވާ މަޝްހޫރު ދެ ތަރިން ކަމަށްވާ ޕްރިޔަންކާ ޗޯޕްޅާ (ޕީސީ) އާއި ފަރުހާން އަހުތަރު އެކުގައި ލަވައެއް ކިޔަން ހަމަޖެހިއްޖެ އެވެ.

މި ދެ ތަރިންނަކީ ލަވަ ކިޔަން އެއްްގޮތަކަށް ވެސް އަ ދެ ތަރިންނެއް ނޫނެވެ. ޕްރިޔަންކާއަކީ މިހާރު ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ ލަވަކިއުންތެރިއެކެވެ.

ހަމަ މިއާ އެއްގޮތަށް ފަރްހާން ވެސް ވަނީ އޭނާގެ ބައެއް ފިލްމުތަކަށް މީގެ ކުރިން ލަވަ ކިޔައިފަ އެވެ.

އޭގެ ތެރޭގައި އޭނާގެ ފުރަތަމަ ފިލްމް "ރޮކް އޯން" އާއި "ޒިންދަގީ ނާ މިލޭގީ ދޮބާރާ" އަދި "ޝާދީ ކޭ ސައިޑް އިފެކްޓްސް" ހިމެނެ އެވެ.

ޕްރިޔަންކާ މިހާތަަނަށް ގިނައިން ކިޔާފައި ހުރީ އިނގިރޭސި ލަވަ އެވެ. އެކަމަކު އެންމެ ފަހުން ރިލީޒްވި "މޭރީ ކޮމް" އަށް ނާނާއެއް ކިޔައި ދީފައިވެ އެވެ.

އެކަމަކު މި ފަހަރު މި އޮތީ ހިތްގައިމު ޑްއެޓް ލަވައެކެވެ. އެއީ ފިލްމް "ދިލް ދަޅަކް ނޭ ދޯ" އަށެވެ. މި ފިލްމަކީޯ ފަރްހާންގެ ދައްތަ ޒޯޔާ އަހްތަރު ޑައިރެކްޓް ކުރާ އަދި ގިނަ ތަރިންތަކެއް ހިމެނޭ ފިލްމެކެވެ.

"ދިލް ދަޅަކް ނޭ ދޯ" ގެ ތަރިންގެ ތެރޭގައި ރަންވީރު ސިންގް، އަނުޝްކާ ޝަރްމާ އަދި އަނިލް ކަޕޫރު ފަދަ ތަރިން ހިމެނެ އެވެ.

އެ ފިލްމަށް ޕްރިޔަންކާ އާއި ފަރްހާން ލަވައެއް ކިޔާކަން ފަރްހާން ވަނީ ކަށަވަރު ވެސް ކޮށްދީފަ އެވެ. އަދި އެއީ ވަރަށް ހިތްގައިމު ބެލުންތެރިންނަށް ވަރަށް ކަމުދާނެ ލަވަައަކަށް ވާނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް ފަރްހާން ބުންޏެވެ.

"އަހަންނާއި ޕްރިޔަންކާ ކިޔާފައިވާ ޑްއެޓް ލަވައެއް ދިލް ދަޅަކް ނޭ ދޯ ގައި ހިމެނޭނެ. އެކަމަކު އަހަރެން ގަބޫލެއް ނުކުރަން އަހަރެންގެ އަޑު އެހެން އެއްވެސް އެކްޓަރަކާ ގުޅޭނެ ކަމަކަށް،" ޕްރިޔަންކާ ހިމަނައިގެން "ޑޮން" އާއި "ޑޮން 2" ޑައިރެކްޓް ކުރި ފަރްހާން ބުންޏެވެ. "އެހެންވެ ބޭނުމެއް ނޫން އަހަރެންގެ އަޑުން އެހެން އެކްޓަރަކަށް ލަވަ ކިޔާކަށް. ހަމައެކަނި އަހަރެންގެ ފިލްމުތަކަށް އަހަރެން ލަވަ ކިޔާނީ."

މައްސަލައެއް ނެތެވެ. ދެން މި އޮތީ މަލްޓި ޓެލެންޓެޑް ދެ ފަންނާނުންގެ ޑުއެޓް ލަވައަށް އިންތިޒާރު ކުރަން ޖެހިފަ އެވެ.

"ދިލް ދަޅަކް ނޭ ދޯ" ސިނަމާތަކަށް އަންނާނީ ޖޫން 5، 2015 ގަ އެވެ.