Last Updated: April 26, 23:59
Friday, April 26, 2024
ވިޔަފާރި

"އޮޓޯ ސެންޓަރު" އައްޑު އަށް

ވެރި ރަށް މާލޭގައި ސައިކަލް ވިއްކާ ފިހާރައެއް ކަމަށްވާ އޮޓޯ ސެންޓަރުގެ ފިހާރައެއް ހިތަދޫގައި ވެސް ހުޅުވައިފި އެވެ.

ހިތަދޫ ބޮޑު މަގުގައި ހުންނަ އެމަރަލްޑް ފިހާރަ ކުރިމަތީގައި އޮޓޯ ސެންޓަރުގެ ފިހާރަ ހުޅުވައިފައި ވަނީ އިއްޔެ ހަވީރު އެވެ. އެއީ ކުރީގެ ޗެކްމާކް ފިހާރަ ކައިރި އެވެ.

އޮޓޯ ސެންޓަރުގެ ޑިރެކްޓަރު ހަސަން ޒާހިރު ވިދާޅުވީ އައްޑޫގައި ހުޅުވި ފިހާރަ އިން މާލޭން ވެސް ވިއްކާ ހޮންޑާ އާއި ޔަމަހާގެ ގިނަ ވައްތަރުތަކުގެ ސައިކަލް ލިބޭނެ ކަމަށެވެ. އަދި އަގުތައް އުޅެނީ މާލެ އާ އެއްގައި ކަމަށް ވިދާޅުވި އެވެ.

އޮޓޯ ސެންޓަރުން ބުނީ 15،000ރ. ގެ އިންސްޓޯލްމަންޓަށް ވެސް ސައިކަލް ދޫކުރާ ކަމަށެވެ. އެއީ ބާކީ ފައިސާ ދެ އަހަރުގެ ތެރޭގައި ދައްކައި ނިންމާ ގޮތަށެވެ.

HKLJLK (2)

މީގެ އިތުރުން އިސްލާމިކް ބޭންކް (އެމްއައިބީ) އާއި މޯލްޑިވްސް ފައިނޭންސް ލީޒިން ޕްރައިވެޓް ލިމިޓެޑް (އެމްއެފްއެލްސީ) މެދުވެރިކޮށް ވެސް ސައިކަލް ގަންނަން ލިބޭނެ ކަމަށް ޒާހިރު ވިދާޅުވި އެވެ.