Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ނަސަންދުރާ ރައީސްގެ ޅިޔަނަށް! ކުށްވެރިއަކީ އަދީބް!

ލަންކާގައި ހޮޓަލެއް އެޅުމުގެ އެއްބަސްވުން، މަނިކުގެ އަލްފާ ކިނަމް ހޯލްޑިން އާއި ލަންކާ ބޯޑު އޮފް އިންވެސްޓްމަންޓުގެ ފަރާތުން ލިޔުން ބަދަލު ކުރައްވަނީ.

ނަސަންދުރާ ޕެލެސް ތަޅާލުމަށްފަހު އެތަން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ރައީސް ޔާމީންގެ ޅިޔަނު މުހައްމަދު މަނިކު (އެއްލާދޫ މަނިކު) އާއި ހާވާލު ކުރި މައްސަލާގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އާއި ފުލުހުން ސުވާލުކޮށްފިއެވެ.

ކަރަޕްޝަނަށް މަގު ފަހިވާ ގޮތަށް މަނިކުއަށް ނަސަންދުރާ ހުރި ބިން ހަވާލު ކުރި މައްސަލާގައި ފުލުހުން އަދީބް އާއި ސުވާލުކޮށްފައިވަނީ މިދިޔަ ހޯމަދުވަހުއެވެ.

ރައީސް ޔާމީންގެ ކޮއްކޯފުޅު މުސްލިމާ އަބްދުލް ގައްޔޫމްގެ ފިރިކަލުން އެއްލާދޫ މަނިކު ވަނީ ނަސަންދުރަ ޕެލަސް ތަލާލުމަށްފަހު އެތަން ތަރައްޤީ ކުރުމަށް ލަންކާ ކުންފުންޏަކާއި ހަވާލުކޮށްފައެވެ.

މަނިކުގެ ހިއްސާ އޮންނަ ގެލެކްސީ އެންޓަޕްރައިސަސް އާއި ލަންކާ ކުންފުންޏަކާ ގުޅިގެން އުފެއްދި އަލްފާ ކިނަމް ހޮލްޑިން ލަންކާ ޕްރައިވެޓް ލިމިޓެޑަށް އެތަން ތަރައްގީ ކުރުމުގެ ހުއްދަ ލަންކާގެ ބޯޑް އޮފް އިންވެސްޓްމަންޓުން ވަނީ ދީފަ އެވެ.

ރައީސް ޔާމީން 2013 ވަނަ އަހަރުގެ ރިއާސީ އިންތިހާބްގެ ކެމްޕެއިން ކުރެއްވި އިރު ކެމްޕެއިންގެ އެންމެ އިސް އޮފީހެއްގެ ގޮތުގައި ބޭނުން ކުރެއްވީ ނަސަންދުރާއެވެ.

އޭގެ ފަހުން އެތަން ތަރައްޤީ ކުރުމުގެ ހުރިހާ ކަމެއް ކުރައްވާފައިވަނީ ރައީސް ޔާމީން އާއި އެކު އެންމެ އަރިހުގައި ހުންނެވި ކުރީގެ ނަައިބް ރައީސް އަހްމަދު އަދީބްއެވެ.

ނަސަންދުރާ މައްސަލާގައި އަދީބް ވިދާޅުވީ ނަސަންދުރާގެ ކަންކަން ކުރިއަށްގެންގޮސްފައިވަނީ ރާއްޖޭގެ ގާނޫނާއި ގަވާއިދާއެއްގޮތަށް ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ބޮޑެތި ކޮރަޕްޝަން ތައް ހިންގާފައިވާ އިރު އެހުރިހާ ކަރަޕްޝަންތަކެއްގެ ފަހަތުގައި ވަނީ ރިއާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްއެވެ.

ނަމަވެސް އަދީބް ގެންދަވަނީ އެތުހުމަތުތައް ދޮގު ކުރައްވަމުންނެވެ.