Last Updated: April 26, 10:28
Friday, April 26, 2024
ރިޕޯޓް

ފަރެސް މާތޮޑާ ތާރީހް ބަދަލު ކުރުމަށް! އޭދަފުށި ނަން ދިފާއު ކުރުމަށް!

ފަރެސް މާތޮޑާ ޓީމް: ފޮޓޯ: ފަރުޒޫން މުހައްމަދު

މިނވަން 50 ޗެމްޕިއަންޝިޕްގެ ފަހު ބުރުގެ ސެމީ ފައިނަލްގައި މިއަދު ހަވީރު، ގދ. ފަރެސް މާތޮޑާ އާއި ބ. އޭދަފުށީ ޓީމް ވާދަކުރާއިރު، އޭދަފުށި އެރަށުގެ ނަން ދިފާއު ކުރުމަށް ނިކުންނަ އިރު ގދ ފަރސް މާތޮޑާގެ އަޒުމަކީ ތާރީހުން ޖާގައެއް ހޯދުމަށެވެ.

އައްޑޫ ސްޓޭޑިއަމްގައި ހަވީރު 3:45 ގައި ފަށާ މެޗަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދެ ޓީމުން ވެފައިވާ އިރު ހުރިހާ ގޮތަކުންވެސް އެންމެ ބޮޑު ޕްރެޝަރެއް އޮތީ ފުޓްބޯޅައިގެ ބޮޑު ތާރީހެއް އޮތް ބ. އޭދަފުއްޓަށެވެ.
DSC_3066

މުބާރާތުގެ ދެވަނަ ބުރުގެ ހުރިހާ މެޗެއް ކާމިޔާބްކޮށް ކުޅުދުއްފުށީގައި ކުޅުނު ރައުންޑްގެ 1 ވަނަ ޓީމްގެ ގޮތުގައި އައްޑޫއަށް އައި އޭދަފުށީ ޓީމްގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންގެ އުއްމީދަކީ މިއަދުގެ މެޗުން މޮޅުވެ އެރަށުގެ ނަން ދިފާއު ކުރުމެވެ.

މިއަދު މެޗަށް އޭދަފުށި ޓީމް ތައްޔާރުވެފައިވާ އިރު އޭދަފުށީ ޓީމްގެ ސައްޓުއަކީ އައްޑޫ ސްޓޭޑިއަމްއަށް ފަރިތަ ކުޅުންތެރިއެކެވެ. ނިމިގެން ދިޔަ ޖުނާ ޖެލެންޖްކަޕްގައި ކުޅެ ފޭދޫ ފްރެންޑްސް ކްލަބަށް ރާއްޖޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކާމިޔާބް ކޮށްދިނުމުގައި ސައްޓުގެ ދައުރު ބޮޑެވެ.

ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިއެއްގެ ގޮތުގައި ސައްޓު ހިމެނެނީ އެހެންވެއެވެ.

ޗިޅާ : ފޮޓޯ: ފަރުޒޫން މުހައްމަދު
ޗިޅާ : ފޮޓޯ: ފަރުޒޫން މުހައްމަދު

އޭދަފުށީ ޓީމާއި ދެކޮޅަށް ނިކުންނަ ގދ. ފަރސް މާތޮޑާ މެޗަށް ނިކުންނަނީ އޭދަފުއްޓަށް ދޭން ޖެހޭ ފުރިހަމަ އަހްތިރާމް ދީގެން އެޓީމްގެ ފެންވަރު ރަނގަޅަށް އެގި ތިބެއެވެ.

ޒޯން 7 ގެ ޗެމްޕިއަން ޓީމްގެ ގޮތުގައި އައިސްފައިވާ ގދ ފަރެސް މާތޮޑާގެއަކީ ފުޓްބޯޅައިގެ ތާރީހުގައި ހަގު ޓީމެއްކަން އެޓީމްގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ގަބޫލް ކުރެއެވެ.

ނަމަވެސް އެޓީމްގައި ރާއްޖޭގެ ގައުމީ ޓީމްގެ މެދުތެރެ ބެލެހެއްޓި ހުނަރުވެރި މިޑްފީލްޑަރ، ޝަންވީލް ގާސިމް (ބޮންޑާ) ހިމެނުމަކީ ޓީމަށް ލިބޭ ބޮޑު ހިއްވަރެކެވެ.

ސ. ހިތަދޫއަށް އުފަން ބޮންޑާ އަމިއްލަ ރަށުގައި ފަރެސް މާތޮޑާ ޓީމަށް ކުޅުމަކީ ފަރެސް މާތޮޑާއަށް އޮތް ވަރަށް ބޮޑު ހިއްވަރެކެވެ،

ބޮންޑާ : ފޮޓޯ: ފަރުޒޫން މުހައްމަދު
ބޮންޑާ : ފޮޓޯ: ފަރުޒޫން މުހައްމަދު

ގްރޫޕްގެ ހުރިހާ މެޗެއް އައްޑޫ ސްޓޭޑިއަމްގައި ކުޅުނު އިރު ބޮންޑާއަށް ސަޕޯޓް ކުރާ ގިނަ ބަޔަކު ދަނޑަށް ވަދެފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.

ލ. ގަމާއި ފަރެސް މާތޮޑާ ކުޅުނު މެޗްގައިވެސް ފަރެސް މާތޮޑާއަށް އެންމެ ބޮޑު ހިތްވަރެއް ލިބިގެން ދިޔައީ ބޭރުން ދެމުން ދިޔަ ސަޕޯޓެވެ. އެހެންވެ މިއަދު ތާރީހް ބަދަލު ކޮށްލަން ނިކުންނަ އިރު އެ ހިއްވަރު ޓީމްގައި އެބައޮތެވެ.

ބޮންޑާގެ އިތުރުން މަރަދޫގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއާ އަހްމަދު ނާދިރު (ޗިޅާ) ފަރެސް މާތޮޑާ ޓީމްގައި ކުޅުމަކީ އަނެއްކާވެސް ފަރެސް މާތޮޑާއަށް އޮތް ހިއްވަރެކެވެ.

މިއަދުގެ މެޗަށް ނިކުންނަ އިރު ފަރެސް މާތޮޑާއަށް އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކީ އެޓީމްގެ ލަންކާގެ ފޯވާޑަށް ދެ ކާޑް ހަމަވެގެން ނުކުޅެވުމެވެ. އެނޫން ހުރިހާ ގޮތަކަށް ޓީމް އޮތީ ފިޓްކޮށެވެ.

އައްޑޫ ސްޓޭޑިއަމްގައި ހަވީރު ކުޅޭ މެޗް ޓީވީއެމް އިން ވަގުތުން ދުރަށް ދައްކާއިރު ފަރެސް މާތޮޑާ އާއި ބ. އޭދަފުށީގެ ގިނަ ބަޔަކު މެޗް ބަލާނީ އަމިއްލަ ރަށުގައި ތިބެގެންނެވެ.