Last Updated: April 26, 23:59
Friday, April 26, 2024
ވިޔަފާރި

އެސްޓީއޯ އިން ޕްރޮމޯޝަނަލް އިވެންޓެއް

އެސްޓީއޯ އިން އައްޑޫގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ޕްރޮމޯޝަނަލް އިވެންޓެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެސްޓީއޯ މަރަދޫފޭދޫ ބްރާންޗްގެ އޮފިޝަލަކު ވިދާޅުވީ އެ އިވެންޓް އޮންނާނީ އައްޑޫގައި މިހާރު ކުރިއަށްދާ ސްޓްރީޓް ސޮކާ 2015 ގެ ފައިނަލް މެޗް ކުރިއަށްދާ އިރު ކަމަށެވެ. ސްޓްރީޓް ސޮކާ ކުރިއަށް ގެންދަނީ ގަމުގަ އެވެ.

އޭނާ ވިދާޅުވީ އެ ރޭ ގަމުގައި ބާއްވާ އިވެންޓްގައި އެސްޓީއޯ އިން ވިއްކާ ބްރޭންޑްތަކާ ބެހޭ މައުލޫމާތު ވަރަށް ފުޅާކޮށް ފޯރުކޮށް ދެވޭނެ ކަމަށެވެ.

10850006_736504639764290_1561989721276830414_n

އަދި އެތަނުން ވިއްކާ ބްރޭންޑްތަކުން ތައްޔާރު ކުރާ ބައެއް ކާނާތަކާއި ބުއިންތައް އާންމުންނަށް ޓެސްޓް ވެސް ކުރެވޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ މި އިވެންޓްގެ ސަބަބުން އެސްޓީއޯ އިން ވިއްކާ ތަފާތު ބާވަތްތަކުގެ އައިޓަމްތަކާ ބެހޭ ވަރަށް ގިނަ މައުލޫމާތު ކަސްޓަމަރުންނަށް ލިބިގެން ދާނެ ކަމަށެވެ.

އެގޮތުން މިހާރު ކުރިއަށް ގެންދާ ޕްރޮމޯޝަންތަކާއި އައިޓަމްތަކުގެ އަގުތައް ކަސްޓަމަރުންނަށް އޮޅުން ފިލުވައި ދޭނެ އެވެ.

HJJHK

މައިލޯ އިން ސްޕޮންސަކޮށްގެން މި ފަހަރު ބާއްވާ ސްޓްރީޓް ސޮކާ 2015 ގެ ފައިނަލް މެޗް ކުޅެން ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ 9:00 ގަ އެވެ.