Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ހަމަދު ބިން ހަލީފާގެ ޓީމެއް އައްޑު އަށް

އައްޑު އަަށް އައި ހަމަދު ބިން ހަލީފާ ސްކޫލްގެ ޓީމް މިއަދު ގަމުގައ. ފޮޓޯ/ ހަމަދު ބިން ހަލީފާ

ލ. ގަމުގައި ހުންނަ ހަމަދު ބިން ހަލީފާ އަލް ސާނީ ސްކޫލްގެ ދަރިވަރުންތަކެއް ތަޖުރިބާ ދަތުރެއްގައި އައްޑު އަށް އަތުވެއްޖެ އެވެ.

ރޭ އައްޑު އައި އެ ސްކޫލްގެ ގްރޭޑް 11-12 ގެ ދަރިވަރުންގެ ކަންކަން އައްޑޫން ބަލަހައްޓަނީ އައްޑޫގައި މަތީ ސާނަވީ އަށް ކިޔަވައިދޭ އައްޑޫ ހައިސް ސްކޫލްގެ ފަރާތުންނެވެ.

ހަމަދު ބިން ހަލިފާ އަލް ސާނީން އައްޑު އަށް އައި ޓީމްގައި ހިމެނެނީ 40 ދަރިވަރުންނާއި އަށް އޮފިޝަލުންނެވެ.

އައްޑޫ ހައި ސްކޫލްގެ އޮފިޝަލަކު މިއަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ އެ ދަރިވަރުން ހަ ދުވަހަށް ކުރާ ތަޖުރިބާ ދަތުރުގައި އައްޑޫ ހައި ސްކޫލްގައި ތިން ދުވަހު ކުލާސްތަކެއް ވެސް ނަގާނެ ކަމަށެވެ.

މީގެ އިތުރުން އައްޑޫގެ ބައެއް މުހިއްމު ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނާ ބެހޭ މައުލޫމާތު ދަރިވަރުން އެއް ކުރަން ވަނީ ހަމަޖެހިފަ އެވެ.

GHKJKL (1)

މި އަހަރު އިޔާދަކުރަނިވި ހަކަތަ ދާއިރާ އިން ޒައިދް ފިއުޗަ އެނަޖީ އެވޯޑް ވެސް ހޯދި އައްޑޫ ހައި ސްކޫލަށް ހަމަދު ބިން ހަލީފާ ސްކޫލްގެ ޓީމުން ކުރާ ދަތުރުގައި އިޔާދަ ކުރަނިވި ހަކަތަ ކުރިއަރުވަން އެ ސްކޫލުން ކުރާ މަސައްކަތްތައް ވެސް އޮޅުން ފިލުވާނެ އެވެ.

GHKJKL (2)

ވިލާ ހައި ސްކޫލްގެ ދަރިވަރުންތަކެއްް ވެސް 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ތަޖުރިބާ ދަތުރެއްގައި އައްޑޫ ސްކޫލަށް އައިސްފައިވެ އެވެ.